ގެދޮރުވެރިޔާ ސްކީމްގެ ދަށުން ފްލެޓް ލިބޭ 640 ފަރާތަކާއެކު ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން އެއްބަސްވުން ހަދައިފި އެވެ.
އެފްޑީސީން މިއަދު ހާމަކުރި މަޢުލޫމާތުގައިވާ ގޮތުން، އެއްބަސްވުމުގައި ސޮއިކުރުމަށް މިހާތަނަށް ތާވަލުކޮށްފައިވަނީ 667 ފަރާތަކާއެކުއެވެ. އަދި އޭގެތެރެއިން 640 މީހުންނާއެކު ފްލެޓް ލިބުނުކަމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާ ކަމަށެވެ.
ފްލެޓް ލިބޭ ފަރާތްތައް ކަނޑައަޅަނީ ހައުސިންގ މިނިސްޓްރީން ކަމަށްވާއިރު، މިހާތަނަށް 2،665 މީހުންގެ ލިސްޓެއް އެ މިނިސްޓްރީން އެފްޑީސީއަށް ފޮނުވާފައިވާ ކަމަށް އެ ކުންފުނިން ބުނެފައިވެ އެވެ.
މި 4،000 ފްލެޓުގެ މަޝްރޫޢަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ވެރިކަމުގައި ފެށި މަޝްރޫޢެކެވެ. މި މަޝްރޫޢުގެ ކޮންޓްރެކްޓަރުންނަކީ އިންޑިއާގެ ދެ ކުންފުންޏެއް ކަމަށްވާ ޖޭއެމްސީ ޕްރޮޖެކްޓްސް ލިމިޓެޑާއި ނެޝަނަލް ބިލްޑިންގްސް ކޮންސްޓްރަކްޝަން ކޮމްޕެނީ (އެންބީސީސީ) އިންނެވެ.
16 ޓަވަރު ހިމެނޭ މި މަޝްރޫޢުގެ 96 ޕަސެންޓް މަސައްކަތް މިހާރު ވަނީ ނިމިފައެވެ.




