އަރާބީ ޕްރައިވެޓް ލިމިޓެޑުން ދުނިޔޭގެ މަޝްހޫރު ކޮސްމެޓިކްސް ބްރޭންޑެއް ކަމަށްވާ ”ސެއިންޓްއައިވްސް“ ގެ އުފެއްދުންތައް ރާއްޖޭގެ ބާޒާރަށް ނެރެފިއެވެ.
ޔުނިލެވަރގެ ބްރޭންޑެއް ކަމަށްވާ ”ސެއިންޓްއައިވްސް“ ރަސްމީކޮށް ރާއްޖޭގެ ބާޒާރަށް ނެރެފައިވަނީ ހޮނިހިރު ދުވަހު ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައެވެ.
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން އަރާބީގެ މެނޭޖިން ޑިރެކްޓަރ އަބްދުލް ރަހީމް އަލީ ވިދާޅުވީ، އަރާބީން އަބަދު ވެސް މަސައްކަތް ކުރަނީ ކަސްޓަމަރުންނަށް ފެންވަރު ރަނގަޅު އުފެއްދުންތައް ފޯރުކޮށްދިނުމަށާއި،އިތުބާރާއި ޔަޤީންކަމާއި އެކު ކޮލިޓީ އުފެއްދުންތައް ދިވެހިންނާއި ހަމައަށް ފޯރުކޮށްދިނުމުގައި އަރާބީން މުހިންމު ދައުރެއް އަދާކުރާ ކަމަށެވެ.
”ސެއިންޓްއައިވްސް“ ގެ އުފެއްދުންތަކުގެ ތެރޭގައި ފޭސް ވޮޝް، ފޭސް ޓޯނާ، ފޭސް ސްކްރަބްސް، މައިސެލަރ ވޯޓަރ، ބޮޑީވޮޝް އަދި މޮއިސްޗުރައިޒަރ ފަދަ އުފެއްދުންތައް ހިމެނެއެވެ. މި އުފެއްދުންތައް މިހާރު ރީޓެއިލް އަދި ހޯލްސޭލްކޮށް ވެސް ލިބެން ހުންނާނެ ކަމަށް އަރާބީން މަޢުލޫމާތު ދެއެވެ.
2007 އިން ފެށިގެން ޚިދުމަތް ދެމުން އަންނަ އަރާބީއަކީ ދިވެހިންގެ އިތުބާރު ލިބިފައިވާ ކުންފުންޏެކެވެ. މި ކުންފުނިން ނިވިއާ، ބޮން އެރޯމާ ކޮފީ، ފިލިޕޯ ބެއިރޯ، އެމްކޯ، ކޮޑޮމޯ، އެސެންސް، ކެޕިލާނޯ، މިސްޓަރ މަސްލް، ހެއިންޒް ފަރލީސް ރަސްކްސް އަދި ބޭގޮން މެކްސް ފަދަ ބްރޭންޑްތަކުގެ އުފެއްދުންތައް ވެސް ދިވެހި ބާޒާރަށް ތަޢާރަފުކޮށްދީފައިވެއެވެ.
އަރާބީއަކީ އެފްއެންޑްބީ، ކޮސްމެޓިކްސް، ޓޮއިލެޓަރީސް އަދި ފެބްރިކް ކެއަރގެ އުފެއްދުންތައް ފުޅާ ދާއިރާއެއްގައި ފޯރުކޮށްދޭ ކުންފުންޏެކެވެ.
”ސެއިންޓްއައިވްސް“ އަކީ އަރާބީން ތަޢާރަފުކުރި އެންމެ ފަހުގެ ބްރޭންޑް ކަމަށްވެފައި، މި ބްރޭންޑަށް ވެސް ދިވެހި ކަސްޓަމަރުންގެ ފަރާތުން ހޫނު މަރުހަބާއެއް ލިބޭނެ ކަމަށް އަރާބީން އުންމީދުކުރެއެވެ.



