އުރީދޫ މޯލްޑިވްސްގެ 20 ވަނަ އަހަރީ ދުވަހާ ގުޅުވައިގެން ކުރިއަށްގެންދާ ”ލިވް އަންލިމިޓަޑް“ ކެމްޕެއިންގެ ދަށުން ކޮންމެ 20 ދުވަހަކުން އެއް ފަހަރު އުމްރާ ދަތުރެއް ހަދިޔާކުރާ ޕްރޮމޯޝަނުގެ ހަވަނަ ނަސީބުވެރިޔާ ހޮވައިފިއެވެ.
މި ފަހަރުގެ ނަސީބުވެރިޔަކަށް ހޮވިފައިވަނީ މުހައްމަދު އިފާޒެވެ.
މި ޕްރޮމޯޝަނުގެ ދަށުން ޖުމްލަ 19 ނަސީބުވެރިންނަށް އުމްރާ ދަތުރު ލިބޭއިރު، މިހާތަނަށް ހޮވިފައިވަނީ ހަ ނަސީބުވެރިންނެވެ. އަދި ބާކީ އޮތް 13 ނަސީބުވެރިން ހޮވުމަށް ހަމަޖެހިފައިވަނީ ކޮންމެ 20 ދުވަހަކުން އެއް ފަހަރު ގުރުއަތުލައިގެންނެވެ. މީގެ އިތުރުން، މި ޕްރޮމޯޝަނުގެ މައި އިނާމުގެ ގޮތުގައި އެއް ކަސްޓަމަރަކަށް ދެ މީހެއްގެ ހައްޖު ދަތުރެއް ހަދިޔާކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި ޕްރޮމޯޝަނުގައި ބައިވެރިވުމަށް އުރީދޫގެ މިހާރުގެ ކަސްޓަމަރުން 30 ދުވަހުގެ ތެރޭގައި 250 ރުފިޔާއިން މަތީގެ ބިލެއް ދެއްކުން ނުވަތަ އެ އަދަދަށްވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ގަތުން ލާޒިމުވެއެވެ. އަދި އަލަށް ގުޅޭ ކަސްޓަމަރުންނަށް ބައިވެރިވެވޭނީ 400 ރުފިޔާއިން މަތީގެ ބިލެއް ދެއްކުމުން ނުވަތަ އެ އަދަދަށްވުރެ މަތީގެ ރީޗާޖެއް ނުވަތަ އެޑްއޮންއެއް ގަތުމުންނެވެ.
އުރީދޫއިން ބުނެފައިވާ ގޮތުގައި، ލިވް އަންލިމިޓަޑް އަކީ ހަމައެކަނި ޝިއާރެއް ނޫނެވެ. އެއީ ކަސްޓަމަރުންނަށް ކުރާ ވައުދެކެވެ.“ އަދި އެ ކުންފުނީގެ އަމާޒަކީ އުރީދޫގެ ކަނެކްޓިވިޓީއާއެކު، ދިވެހިންގެ ޑިޖިޓަލް ދިރިއުޅުން އިތުރަށް ފުރިހަމަކުރުމެވެ.
އުރީދޫގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން މި މަހުގެ ފުރަތަމަ ދުވަހު ފެށި މި ކެމްޕެއިންގެ ދަށުން އިތުރު އޮފަރތަކާއި ޕްރޮމޯޝަންތައް އަދި ހަރަކާތްތައް އަންނަ މަހުގެ ނިޔަލަށް ކުރިއަށް ގެންދިއުމަށް ވަނީ ރޭވިފައެވެ.


