މަސްވެރިކަމުގެ ދާއިރާއިން ރާއްޖެއިން ބޭރުން މަތީ ތައުލީމު ހާސިލް ކުރުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.
މީ ފިޝަރީޒް މިނިސްޓްރީން ޓްރާންސްފޯމް ޕްރޮޖެކްޓްގެ އެހީތެރިކަމާއެކު، ދިވެހި ސަރުކާރާއި ވޯލްޑް ބޭންކާ ގުޅިގެން ހިންގާ ކޯސްތަކެކެވެ.
މި ފުރުސަތު ހުޅުވާލާފައިވަނީ މާސްޓާސް ޑިގްރީގެ 4 ކޯހަކާއި ބެޗްލާސް ޑިގްރީގެ 3 ކޯހަކަށެވެ. ޚާއްޞަކޮށް ބެޗްލާސް ޑިގްރީ އިން ފިޝަރީޒް ސައިންސް ކޯހަށް ދެ ފުރުޞަތު ވަނީ ކަނޑައަޅާފައެވެ.
މި ސްކޮލަރޝިޕްތަކުގެ ދަށުން ކިޔެވުމުގެ ފުރުސަތު ލިބޭނީ އޭޝިއާ، ސައުތު ވެސްޓް އިންޑިއަން އޯޝަން ފިޝަރީޒް ކޮމިޝަން (އެސްޑަބްލިއުއައިއޯއެފްސީ) މެމްބަރު ޤައުމުތަކާއި، އޯއީސީޑީ ޤައުމުތަކުގައެވެ. މި ސްކޮލަރޝިޕްތަކުގައި ކޯސް ފީގެ އިތުރުން އެހެނިހެން އެލަވަންސްތައްވެސް ހިމެނެއެވެ.
މި ކޯސްތަކާ ބެހޭ އިތުރު މައުލޫމާތު މި ލިންކް މެދުވެރިކޮށް ހޯދޭނެއެވެ. https://www.gazette.gov.mv/iulaan/355981



