މާދަމާ ފާހަގަކުރާ މި އަހަރުގެ ގައުމީ ދުވަހުގެ ޝަރަފުގެ ހިނގާލުން މާދަމާ ބާއްވަން ނިންމައިފި އެވެ.
އެމްއެންޑީއެފުން ބުނީ ހިނގާލަން ފަށާނީ މާދަމާ ހަވީރު 4:30 ގައި ޖުމްހޫރީ މައިދާނުން ކަމަށާއި ހިނގާލުން ނިންނައިލާނީ ކަޅުތުއްކަލާ ކޮއްޓަށް ކަމަށެވެ.
އެމްއެންޑީއެފް އިން ބުނިގޮތުގައި، ޝަރަފުގެ މި ހިނގާލުން ހަތަރު ސަރަހައްދަކަށް ހުއްޓާނެ އެވެ.
— Maldives National Defence Force (@MNDF_Official) August 23, 2025
އެއީ ސޯސަންމަގު ދިވެހި ބަހުގެ އެކެޑަމީ ކުރިމައްޗަށާއި، މަޖީދީމަގު/ޗާންދަނީމަގު ހަތަރު އަނގޮޅި އާއި މަޖީދީމަގު މިލިއަން ބުކްޝޮޕް ކުރިމަތި އަދި ބޮޑުތަކުރުފާނުމަގު ކަޅުތުއްކަލާ ކޮށި ހުޅަނގު އުތުރު ކަންމައްޗަށެވެ.




