ޗައިނާގެ ހުޅަނގު އުތުރުގައި ހުންނަ ޗިންހައި ޕްރޮވިންސްގައި ހަދަމުންދިޔަ ރޭލު ބްރިޖެއް ވެއްޓި، 12 މަސައްކަތްތެރިން މަރުވެއްޖެއެވެ.
ޗައިނާގެ ރަސްމީ ޝިންހުއާ ނިއުސް އެޖެންސީން ހާމަކުރި ގޮތުގައި، މި ހާދިސާ ހިނގީ ހުކުރު ދުވަހުގެ ޗައިނާ ގަޑިން ހެނދުނު 3 ޖަހާ އެހާކަންހާއިރުއެވެ.
ހާދިސާ ހިނގި ވަގުތު ބްރިޖުގައި 16 މަސައްކަތްތެރިން ތިބިއިރު، ޓެންޝަން އޮޕަރޭޝަނެއްގައި ދަގަނޑު ކޭބަލެއް ނައްޓައިގެން ގޮސްގެން ބްރިޖުގެ އެކްވާމަރިން އާކްގެ ބޮޑު ބައެއް ވެއްޓުނު ކަމަށް ވެއެވެ.
މި ހާދިސާގައި ހަތަރު މީހަކު ގެއްލިފައިވާ ކަމަށް އެ ގައުމުގެ ދައުލަތުގެ މީޑިއާއިން ރިޕޯޓްކޮށްފިއެވެ.
މި ބްރިޖަކީ 1.6 ކިލޯމީޓަރުގެ ދިގުމިނުގެ ބްރިޖެކެވެ. އަދި ބްރިޖުގެ ޑެކް ހުންނަނީ ތިރީގައި އޮންނަ ރީނދޫ ކޯރުގެ ބިމުން 55 މީޓަރު މަތީގައެވެ. ހާދިސާގައި ބްރިޖް ޑެކްގެ ބައެއް ކޯރުގެ ތެރެއަށް ވެއްޓިފައިވާކަން ވައިގެ މަގުން ނަގާފައިވާ ފޮޓޯތަކުން ފެންނަން ހުއްޓެވެ.
ގެއްލިފައިވާ މަސައްކަތްތެރިން ހޯދުމަށް ފުޅާ ދާއިރާއެއްގައި ސަލާމަތީ އޮޕަރޭޝަންތައް ކުރިއަށްދާއިރު، މި މަސައްކަތުގައި ދޯނިފަހަރާއި، ހެލިކޮޕްޓަރުތަކާއި، ރޮބޮޓްތައް ބޭނުންކުރަމުންދާ ކަމަށް މަޢުލޫމާތު ލިބެއެވެ.
މި ހާދިސާ ޗައިނާގެ ކަމާބެހޭ ފަރާތްތަކުން ދަނީ ތަހުގީގު ކުރަމުންނެވެ.


