ކ. ތުލުސްދޫ ކައިރިއަށް ދޯންޏެއް ބަންޑުން ޖަހާލައި، މީހަކު ގެއްލިގެން ހޯދަން ފަށައިފިއެވެ.
އެމްއެންޑީއެފް އިން ބުނީ ”ލިއޯ“ ނަމަކަށް ކިޔާ ދޯންޏެއް، ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންއިން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
އެ ދޯނިން ދަތުރުކުރި ހަ މީހުންގެ ތެރެއިން އެކަކު އަދި ނުފެންނަ ކަމަށް އެމްއެންޑީއެފުން އިން ބުންޏެވެ.
އެމްއެންޑީއެފުން ބުނީ، ހާދިސާއާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން ފޯރުކޮށްދޭނެ ކަމަށެވެ.



