ކ. ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހައިލި ދޯނިން ގެއްލުނު މީހާ މަރުވެފައި އޮއްވައި ފެނިއްޖެއެވެ.
އެމްއެންޑީއެފް އިން ބުނީ ”ލިއޯ“ ނަމަކަށް ކިޔާ ދޯންޏެއް، ތުލުސްދޫ ކައިރިއަށް ބަންޑުން ޖަހާލައިގެން މާލެ އޭރިއާ ސެކަންޑް ސްކޮޑްރަންއިން މިރޭ ހަރަކާތްތެރިވި ކަމަށެވެ.
އެ ދޯނިން ހަ މީހުން ދަތުރުކުރި ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެމްއެންޑީއެފްއިން ބުނީ، އޭގެތެރެއިން ގެއްލިގެން ހޯދި މީހާގެ ހަށިގަނޑު މަރުވެފައި އޮއްވައި ފެނުނު ކަމަށެވެ.
މި ހާދިސާއާ ގުޅޭ އިތުރު ތަފްސީލް އަދި ހާމައެއް ނުކުރެއެވެ.


