ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ފައުންޑޭޝަނުން އިންތިޒާމްކޮށްގެން ބާއްވާ ގައުމީ ޅެން ހެދުމުގެ މުބާރާތަށް ޅެން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށްފިއެވެ.
މި އަހަރުގެ ގައުމީ ދުވަހާ ގުޅުވައިގެން ހުޅުވާލި މި މުބާރާތަށް ޅެން ހުށަހެޅުމުގެ މުއްދަތު އިތުރުކޮށް، އަންނަ މަހުގެ 3 ވަނަ ދުވަހުގެ މެންދުރުފަހު 2:00 އާ ހަމައަށް ބަދަލުކޮށްފައިވާ ކަމަށް މައުމޫން ފައުންޑޭޝަނުން ބުންފައިވެއެވެ.
މި މުބާރާތަށް ހުށަހަޅަންޖެހެނީ ދިވެހި ގައުމިއްޔަތާއި ދިވެހިންގެ މިނިވަންކަމާއި ދިވެހިންގެ އެއްބައިވަންތަކަން ރަމްޒުކޮށްދޭ ޅެންތަކެވެ. މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ ހުރިހާ ދިވެހި ރައްޔިތުންނަށެވެ.
މި މުބާރާތުގައި ވަނަ ހޮވޭ ފަރާތްތަކަށް ފައިސާގެ އިނާމު ދިނުމަށް ހަމަޖެހިފައިވެއެވެ. މިގޮތުން އެއްވަނައަށް 5,000 ރުފިޔާ، ދެވަނައަށް 3,500 ރުފިޔާ އަދި ތިންވަނައަށް 2,000 ރުފިޔާ ދިނުމަށް ވަނީ ހަމަޖެހިފައެވެ. މީގެއިތުރުން، އެންމެ މޮޅު ފަސް ޅެމަށް ހަނދާނީ ލިޔުން ދިނުމަށްވެސް ވަނީ ހަމަޖެހިފައެވެ.
މުބާރާތަށް ޅެން ހުށަހަޅަން ބޭނުންވާ ފަރާތްތަކުން ޅެން ހުށަހަޅާނީ contact@maumoonfoundation.org މެދުވެރިކޮށެވެ. އަދި މުބާރާތާ ބެހޭ އިތުރު މައުލޫމާތު މި ނަންބަރު 7981500 އިން ހޯދޭނެ އެވެ.




1 Comment
I really like reading through a post that can make men and women think. Also, thank you for allowing me to comment!