ބޯކޮށް ވާރޭ ވެހޭނެ ކަމަށް ލަފާކޮށް ލ. އަތޮޅުން ފެށިގެން ފުވައްމުލަށް ސިޓީއަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް) އިން ހުދު ސަމާލު ނެރެފިއެވެ.
މި އަތޮޅުތަކަށް މެޓުން ހުދު ސަމާލު ނެރުނީ މިރޭ 21:45 އިން ފެށިގެން 2:30 އަށެވެ.
މިރޭގެ މޫސުން ކުރިއަށް ލަފާކޮށް މެޓުން ބުނީ އެކި ހިސާބަށް ވިއްސާރަކުރާނެ ކަމަށާއި އަދި ބައެއްރަށްތަަކަށް ގުގުރުންް އެކަށީގެންވާ ކަމަށެވެ.
އަދި ހުޅނގުދެކުނާއި ހުޅަނގުން، މެދުރާއްޖެތެރެއާ އުތުރުގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި އަދި ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް މެޓް އިން ލަފާ ކޮށްފައި ވެއެވެ.
އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 40 މޭލަށް ވައިގަދަވުން އެކަށީގެންވާ ކަމަށްވެސް މެޓުން ބުނެފައިވެއެވެ.



