ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކޮށްފައިވާ ޓްރެފިކް ލައިޓް ނިވުމުގެ މައްސަލަ ހައްލުކުރަމުންދާކަމަށް ފުލުހުން ބުނެފިއެވެ.
ފުލުހުން ބުނީ، މި މައްސަލަ ހައްލުކުރުމަށް ކަމާބެހޭ ފަރާތްތަކުން މަސައްކަތް ކުރަމުންދާއިރު، އެ ސަރަހައްދުގެ ޓްރެފިކް ފްލޯ އޮމާންކަމާއެކު ކުރިއަށްދާކަން ޔަޤީންކުރުމަށް ފުލުހުން ހަރަކާތްތެރިވަމުންދާނެ ކަމަށެވެ.
ޓެކްނިކަލް މައްސަލައެއްގެ ސަބަބުން، ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓަށް އަޅާ ޖަންކްޝަންގައި ހަރުކުރެވިފައިވާ ޓްރެފިކް ލައިޓް ނިވުމުގެ މައްސަލަ ދިމާވުމާގުޅޭ pic.twitter.com/VJkiUS2gId
— Maldives Police (@PoliceMv) August 28, 2025
އެހެންކަމުން އެ ސަރަހައްދުން ދަތުރު ކުރައްވާ ފަރާތްތަކުން މިކަަމަށް ސަމާލުވެ ފުލުހުންގެ އިރުޝާދުތަކާ އެއްގޮތަށް އަމަލުކުރުމަށް ފުލުހުން ވަނީ އިލްތިމާސްކޮށްފައެވެ.



