މެލޭޝިއާ ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ދިވެއްސަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މީޑިއާތަކަށް މިއަދު ފޮނުވި މެސެޖެއްގައި ބުނީ، މެލޭޝިއާ ފުލުހުން ހައްޔަރުކުރީ އަބްދުލް ބާތިން މުހައްމަދު މުސްތަފާ ކަމަށެވެ.
ފުލުހުން ބުނީ މެލޭޝިއާ ފުލުހުން ތަހުގީގު ކުރަމުން ގެންދާ މައްސަލައަކާއި ގުޅިގެން ބާތިން ހައްޔަރުކޮށްފައިވާ ކަމުގެ މައުލޫމާތު ދިވެހި ފުލުުހުންގެ ހިދުމަތަށް ލިބިފައިވާ ކަމަށެވެ.
ފުލުހުން އިތުރަށް ބުނީ ބާތިންގެ މައްޗަށް ތުހުމަތު ކުރެވޭ ގެވެށި އަނިޔާގެ މައްސަލައެއް ދިވެހި ފުލުހުން ވެސް ތަހުގީގު ކުރަމުންދާ ކަމަށެވެ.



