ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން އޮސްޓްރޭލިއާގެ މެލްބަން ގައި އަންނަ އަހަރު ޖަނަވަރީ މަހު ފެށުމަށް ހަމަޖެހިފައިވާ އޮސްޓްރޭލިއަން އޯޕަން ފައިނަލް ބަލާލަން ދަތުރެއް ކާމިޔާބު ކުރުމުގެ ފުރުސަތު މާސްޓަރކާޑު ބޭނުންކުރާ ކަސްޓަމަރުންނަށް ހުޅުވާލައިފިއެވެ.
ބީއެމްއެލްއިން ބުނީ، މިއަދުން ފެށިގެން އޮކްޓޯބަރ 31 އަށް، ބީއެމްއެލްގެ ޕީއޯއެސް ޓާމިނަލްތަކުގައި ބީއެމްއެލްގެ ދޫކޮށްފައިވާ މާސްޓަރކާޑެއް ބޭނުންކޮށްގެން ވިޔަފާރިކުރާ ކަސްޓަމަރުންނަށް ގުރުއަތުގައި ބައިވެރިކުރެވޭނެ ކަމަށެވެ.
ގުރުއަތުން ހޮވޭ ކަސްޓަމަރަކަށް އިތުރު އެކަކާއެކު ހަތަރު ދުވަހުގެ ދަތުރެއް ލިބިވަޑައިގަންނަވާނެއެވެ. މީގެ ތެރޭގައި ދެ މީހުންގެ ދަތުރު ޓިކެޓް، ހުރުމާއި، ކެއުމާއި، އަދި ފައިނަލް މެޗުތަކުގެ ޓިކެޓް ހިމެނޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ.
ބީއެމްއެލްއިން ބުނިގޮތުގައި، މި ޕްރޮމޯޝަނަކީ ކަސްޓަމަރުންނަށް ބައިނަލްއަޤްވާމީ މިފަދަ ތަޖުރިބާތައް ހޯދައިދިނުމުގެ ގޮތުން ބީއެމްއެލްއިން ކުރަމުންދާ މަސައްކަތުގެ ދަށުން ތައާރަފްކުރި ޕްރޮމޯޝަނެކެވެ.
އިތުރު މައުލޫމާތު މި ލިންކުން ލިބޭނެ ކަމަށް ބީއެމްއެލްއިން ބުނެފައިވެއެވެ. https://www.bankofmaldives.com.mv/win-a-trip-to-australian-open-finals-2026



