މިދިޔަ މަހު ޑްގަރާއެކު ހައްޔަރުކުރި އަންހެން ފުލުސް އޮފިސަރު ވަޒީފާއިން ވަކިކުރުމަށް ނިންމައިފިއެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ އދ. ކުނބުރުދޫ / ދިލްބަހާރުގެ، އައިޝަތު ޝިޔާޒާ (31އ) އެވެ.
ފުލުހުން ބުނީ ޝިޔާޒާގެ މައްސަލަ ބެލުމަށް ފަހު ޑިސިޕްލިނަރީ ބޯޑުން އޭނާ ވަކިކުރުމަށް ނިންމާފައިވާ ކަމަށެވެ.
ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން، ފުލުހުންގެ އިންޓެލިޖެންސާއި ޑްރަގް އެންފޯސްމަންޓް ޑިޕާޓްމަންޓް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ޝިޔާޒާގެ އިތުރުން ނޫސްވެރިއެއްގެ ގޮތުގައި ކުރިން އުޅުނު ސައިފުالله އަހުމަދު ހައްޔަރުކުރީ މާފަންނު ވިޔަފާރިވެރިންގެ މިސްކިތް ކައިރިންނެވެ.
އެ ދެ މީހުންގެ ބަންދު އަމުރުގައިވާ ގޮތުން ފުލުހުން ޝިޔާޒާ އާއި ސައިފުالله ހުއްޓުވާފައިވަނީ ދެ މީހުން މަސްތުވާތަކެތި ބަލައި ދިޔަ ވަގުތެއްގަ އެވެ. އެގޮތުން ސައިފުاللهގެ ފަހަތުގައި އިން ޝިޔާޒާގެ ދަބަސް ބަލައި ފާސްކުރުމުން، މަސްތުވާތަކެތި ކަމަށް ޝައްކުކުރެވޭ ތިން ރަބަރު ޕެކެޓު ފެނިފައިވާ ކަމަށް އަމުރުގައިވެ އެވެ.
އަމުރުގައި ބުނެފައިވާ ގޮތުން ދެ މީހުންގެ ކުޑަކަމުދާ ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިނަށް ވަނީ ޕޮޒިޓިވް ވެފައެވެ.



