ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) އިން ބާއްވަން ނިންމާފައިވާ ’އެޓޯލް ޗެމްޕިއަންޝިޕް‘ ގައި ބައިވެރިވުމުގެ މުއްދަތު މި މަހުގެ 11 ވަނަ ދުވަހާ ހަމައަށް އިތުރުކޮށްފިއެވެ.
ކުރިން މި މުއްދަތު ހަމަވާގޮތަށް އޮތީ މި މަހުގެ 1 ވަނަ ދުވަހުގައެވެ.
އެފްއޭއެމުން ބުނީ މުބާރާތުގައި ޓީމުތައް ބައިވެރި ކުރަން ފުރުސަތު ދިނުމުގައި އިސްކަން ދޭނީ ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބްތަކަށާއި ރަށުގެ ކައުންސިލުން އެންޑޯޒްކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބަށާއި މުބާރާތުގައި ބައިވެރިވާ ރަށަށް ނިސްބަތްވާ ކްލަބްތަކަށް ކަމަށެވެ.
އެގޮތުން އެއް ކްލަބަކަށް ވުރެ ގިނަ ކްލަބް ރަޖިސްޓްރީކޮށްފި ނަމަ، ރަށް ތަމްސީލުކުރާ ކްލަބެއް ކަނޑައަޅާނީ ގުރުލައިގެން ކަމަށް އެފްއޭއެމުން ބުންޏެވެ.
މުބާރާތުގައި ބައިވެރިވުމުގެ އިސްކަން ދޭނެ ތަރުތީބުގެ ތެރޭގައި ހިމެނެނީ ބައިވެރިވާ ރަށުގެ ކައުންސިލުން ކޮމިޝަނަރ އޮފް ސްޕޯޓްސްގައި ރަޖިސްޓްރީކޮށްފައިވާ ކްލަބްތަކާއި، ރަށުގެ ކައުންސިލުން އެންޑޯޒްކޮށްފައިވާ އެ ރަށަކަށް ނިސްބަތްވާ ކްލަބްތަކެވެ.
އެއް ރަށަކުން އެއް ކްލަބަށްވުރެ ގިނަ ކްލަބް ރަޖިސްޓްރީ ކޮށްފިނަމަ، ރަށް ތަމްސީލުކުރާނެ ކްލަބެއް ކަނޑައަޅާނީ ގުރުއަތުލައިގެންނެވެ.
ފުޓްބޯޅައިގެ އާ އޮނިގަނޑުގެ ދަށުން އަތޮޅުތައް ބަހާލެވިފައިވަނީ ތިން ރީޖަނަކަށެވެ. އެއީ ނޯތު، ސެންޓްރަލް އަދި ސައުތު ރީޖަނެވެ. މި ތިން ރީޖަނުގައި ”އެޓޯލް ޗެމްޕިއަންޝިޕް“ ކުރިއަށްދާނެ އެވެ. މި މުބާރާތަކީ ފުޓްބޯޅަ ޕިރަމިޑްގެ ތިންވަނަ ޑިވިޝަންގެ މުބާރާތެވެ.
ކޮންމެ ރީޖަނެއްގެ ވެސް ކޮލިފިކޭޝަން ބެހިގެންދާނީ ދެ ޒޯނަކަށެވެ. ކޮންމެ އަތޮޅެއްގެ އަތޮޅު ޗެމްޕިއަނާއި ރަނަރަޕް ޓީމު ޒޯން މުބާރާތުގައި ވާދަކުރާނެ އެވެ.
އަދި ޒޯން މުބާރާތުން ކާމިޔާބު ހޯދާ ޓީމުތައް ރީޖަނަލް ލީގަށް ގޮސް، އެންމެ މަތީ ފަންތީގެ ދިވެހި ޕްރިމިއާ ލީގަށް ވާސިލުވުމުގެ ފުރުސަތު ލިބިގެންދާނެއެވެ.




