ފަލަސްތީނުގެ ޣައްޒާއަށް އިޒްރޭލުން މެދުނުކެނޑި ބޮން އަޅަމުން ދަނިކޮށް، ހަމާސް އިން އަނެއްކާވެސް އިޒްރޭލަށް ރޮކެޓްހަމަލާއެއް ދީފިއެވެ.
ޣައްޒާއިން އިޒްރޭލަށް ހަމަލާއެއް ދީފައި މިވަނީ ހަމަލާއެއް ނުދޭތާ އެތައް މަހެއް ފަހުންނެވެ. މިފަހަރުގެ ހަމަލާ ދީފައި މި ވަނީ ޣައްޒާއިން ފަލަސްތީނުގެ ނަސްލު ނައްތާލުގެ ޖަރީމާ އިތުރަށް ވަރުގަދަކޮށްފައި ވަނިކޮށެވެ.
އިޒްރޭލުން ބުނިގޮތުގައި ޣައްޒާގެ މެދުތެރެއިން ވަނީ ދެ ޕްރޮޖެކްޓައިލް ފޮނުވާލާފައެވެ. އޭގެ ތެރެއިން އެއް ޕްރޮޖެކްޓައިލް އިޒްރޭލުގެ ދިފާއީ ނިޒާމުން ހުއްޓުވާލި އިރު އަނެއް ޕްރޮޖެކްޓައިލް ވެއްޓިފައިވަނީ ހުސްބިމަކަށް ކަމަށް އިޒްރޭލުން ބުންޏެވެ.
”މި ހަމަލާ ދިނީ، ޒަޔަނިސްޓް ދުޝްމަނުން އަހަރެމެންގެ ރައްޔިތުންނާ ދެކޮޅަށް ހިންގަމުންދާ އަމަލުތަކަށް ރައްދު ދިނުމުގެ ގޮތުން“ މި ހަމަލާގެ ޒިންމާ ނަގަމުން އިސްލާމިކް ޖިހާދުގެ އަސްކަރީ ގޮފިން ބުންޏެވެ.
އެ ޖަމާއަތުން ބުނެފައިވާ ގޮތުގައި މި ހަމަލާގެ އަމާޒަކީ ނަތީގޫތެވެ.
އިޒްރޭލުން ޣައްޒާއަށް ހަމަލާދޭން ފެށިތާ ދެ އަހަރު ފުރެން ކައިރިވެފައިވާއިރު، މިހާތަނަށް 65،000އަށްވުރެ ގިނަ ފަލަސްތީނު ރައްޔިތުން ވަނީ ޝަހީދުކޮށްލާފައެވެ.




