ސްޓެލްކޯގެ މެނޭޖިން ޑިރެކްޓަރުކަމުން ހުސައިން ފަހުމީ ވަކިކޮށްފިއެވެ.
ހުސައިން ފަހުމީ ވަކިކޮށް، އެ މަގާމަށް އައްޔަންކުރީ މިފްކޯގެ ކުރީގެ ސީއީއޯ ހުސައިން ޝަމާހް ރަޝީދުއެވެ.
ޕްރައިވެޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުން ބުނީ، ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ ލިމިޓެޑުގެ ޑިރެކްޓަރުންގެ ބޯޑުގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މ. ފަތަޙަ، ހުސެއިން ފަހުމީ ވަކިކޮށް، އެމަގާމަށް މ. ސިސްކިން، އަޙްމަދު ޝަމާޙް ރަޝީދު މިއަދު އައްޔަނުކޮށްފައިވާ ކަމަށެވެ.
ހުސެއިން ފަހުމީއަކީ މި ސަރުކާރު ވެރިކަން ފެށުމާއެކު 2023 ވަނަ އަހަރުގެ ނޮވެންބަރު މަހުގެ 28ވަނަ ދުވަހު އެމްޑީ ކަމުގެ މަގާމަށް އައްޔަންކުރެއްވި ފަރާތެކެވެ.
ފަހުމީ އަކީ 1998 ވަނަ އަހަރުން ފެށިގެން ސްޓެލްކޯގައި ހިދުމަތް ކުރައްވަމުންގެންދެވި ފަރާތެކެވެ. އެގޮތުން ފަހުމީ ވަނީ ސްޓެލްކޯގެ ޕްރޮކިއުމަންޓް ޑީޕާޓްމަންޓްގެ އެޗްއޯޑީގެ މަގާމާއި، ބިޒްނަސް ޑިވަލޮޕްމަންޓް ޑިޕާޓްމަންޓް، ކަސްޓަމާ ސާވިސް އަދި ސްޓެލްކޯގެ އެކި މަގާމުތައް ފުރުއްވާފައެވެ.



