އޮފީސް ހިންގާނެ އިމާރާތެއް ހަމަޖެހިފައިނުވާތީ ޤައުމީ ސްކައުޓް އިދާރާ އަދި ސްކައުޓް ފިހާރަ ވަގުތީ ގޮތުން ބަންދުކޮށްފިއެވެ.
ސޯޝަލް މީޑިއާގައި ކުރި ޕޯސްޓެއްގައި ސްކައުޓް އެސޯސިއޭޝަނުން ބުނެފައިވަނީ ސްކައުޓް އެސޯސިއޭޝަން އިދާރާ އަދި ސްކައުޓް ފިހާރަ މިއަދުގެ ކުރިން ހުސްކުރުމަށް އަންގާފައިވާ ކަމަށެވެ.
އަދި މިވަގުތު ޤައުމީ ސްކައުޓް އިދާރާ އާއި ފިހާރަ ހިންގާނެ އިތުރު ތަނެއް ހަމަޖެހިފައިނުވާތީ، އިތުރު ތަނެއް ހަމަޖެހެންދެން ސްކައުޓްގެ އިދާރާ އަދި ފިހާރަ ވަގުތީ ގޮތުން ބަންދުކުރެވިފައިވާ ކަމަށް ބުނެފައިވެ އެވެ.
އަދި އެކަމުގެ ސަބަބުން ކުރިމަތިވެދާނެ ދަތިތަކަށް ސްކައުޓް އެސޯސިއޭޝަނުން ވަނީ މަޢާފަށް އެދިފައެވެ.
ސްކައުޓް ހަރަކާތް ރާއްޖޭގައި ރަސްމީކޮށް ފެށީ 1956 ވަނަ އަހަރު އެވެ.



