އިންޑޮނޭޝިއާގެ ބާލީގައި ފެންބޮޑުވުމުގެ ސަބަބުން 6 މީހަކު މަރުވެއްޖެއެވެ.
ބާލީގެ ސާޗް އެންޑް ރެސްކިއު އެޖެންސީގެ ވެރިޔާ އައި ނިޔޯމަން ބުނި ގޮތުގައި ފެންބޮޑުވުމުގެ ސަބަބުން ޑެންޕަސާރުގެ ދެ އިމާރާތެއް ވެއްޓި، ހަތަރު މީހަކު މަރުވިއެވެ. އޭގެ ފަހުން އިތުރު ދެ މީހަކު މަރުވެފައިވާ ކަމަށް އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ވަނީ ހާމަކޮށްފައެވެ.
މި ހާދިސާއާ ގުޅިގެން ބާލީގެ ބޮޑެތި މަގުތައް ވަގުތީ ގޮތުން ބަންދުކޮށް، އެ ސަރަހައްދުގެ ފަތުރުވެރިކަމަށް ވަނީ ބޮޑެތި އަސަރުތަކެއް ކޮށްފައެވެ.
ނިޔޯމަން ބުނިގޮތުގައި ޑެންޕަސާރު ކައިރީގައި އޮންނަ ބައިނަލްއަގްވާމީ އެއާޕޯޓާ ދިމާލުގައި އޮންނަ މަގުތައް ހަމައެކަނި ޓްރަކްތަކަށް ބޭނުންކުރެވޭ ގޮތަށް ހަދާފައިވުމުގެ ސަބަބުން ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހިފައިވެއެވެ. މި ވަގުތު 200 ސަލާމަތީ މަސައްކަތްތެރިން އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންދާ ކަމަށް އޭނާ ބުންޏެވެ.
އިންޑޮނޭޝިއާގެ ޑިޒާސްޓާ މިޓިގޭޝަން އެޖެންސީން ބުނެފައިވާ ގޮތުގައި ބޯކޮށް ވާރޭވެހި އީސްޓް ނޫސާ ޓެންގަރާގައި ވެސް ފެންބޮޑުވެ، ހަތަރު މީހަކު މަރުވެފައިވެއެވެ.



