މާލޭގައި ތޫނު އެއްޗަކުން ހަމަލާދީ މީހަކު ޒަހަމްކޮށްލައިފިއެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާލެ، މަޖީދީ މަގުގައި މީހަކަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވާ މައްސަލަ 2025 ސެޕްޓެމްބަރ 14 ވަނަ ދުވަހުގެ ފަތިހު 5:15 އެހައިކަންހާއިރު ފުލުހުންނަށް ރިޕޯޓް ކޮށްފައިވާ ކަމަށެވެ.
މި މާރާމާރީގައި އަނިޔާ ވެފައިވަނީ 28 އަހަރުގެ ދިވެހި ފިރިހެނަކަށް ކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އެ މީހާއަށް މިހާރު އައިޖީއެމް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




