މާލެ ސަރަޙައްދުގެ ގޭބިސީތަކުން ކުނި ނެގުމުގެ ޚިދުމަތްދޭ ވަގުތުތުތައް ވެމްކޯއިން ބަދަލުތަކެއް ގެންނަން ނިިންމައިފިއެވެ.
ވެމްކޯއިން އާންމުކުރި އިއުލާނެއްގައިވާ ގޮތުން، މި ބަދަލާއެކު އޮކްޓޯބަރ 1 އިން 4 އަށް ކުނިނެގުން ކުރިއަށްދާނީ، ހަވީރު 16:00 ފެށިގެން ރޭގަނޑު 20:00 އަށެވެ.
މީގެ ކުރިން ވެމްކޯއިން ކުނި ނެގުމުގެ ޚިދުމަތް ދެމުން އައީ އާއްމު ގޮތެއްގައި ރޭގަނޑުގެ 8:00 ފަހުގެ ވަގުތު ތަކުގައެވެ.
މި ބަދަލާ ގުޅިގެން، އޮކްޓޯބަރ 1 އިން 4 އަށް ކުނި ބޭރުކުރުމަށްޓަކައި ގެއިން މަގުމައްޗަށް ނެރެވޭނެ ވަގުތު ކަމަށް ވެމްކޯއިން ބުނެފައިވަނީ މެންދުރުފަހު 3:00 އިން ހަވީރު 4:00 އާ ދެމެދުއެވެ.
އާންމު ފަރާތްތަކުން މި ބަދަލަށް ސަމާލުވެ، ކުނި ނެރެ ބެހެއްޓުމުގައި މި އާ ޝެޑިއުލަށް އަމަލުކުރުމަށް ވެމްކޯއިން އިލްތިމާސްކުރެއެވެ.
އިތުރު މައުލޫމާތު ހޯދުމަށް ވެމްކޯގެ ހޮޓްލައިން 1666އަށް ގުޅުމަށް އެކުންފުނިން ބުނެފައިވެއެވެ.



