އިސްރާއީލުން ޣައްޒާއަށް ދެމުން ގެންދާ ހަމަލާތަކުގައި، މިއަދު އެކަނިވެސް 20 މީހުން ޝަހީދުކޮށްލައިފިއެވެ.
ޣައްޒާގެ ހެލްތު މިނިސްޓްރީން މަޢުލޫމާތު ދީފައިވާ ގޮތުގައި، ހަމަލާތަކުގައި ޝަހީދުވި މީހުންގެ އިތުރުން ބަނޑުހައިހޫނުކަމުގެ ސަބަބުން އިތުރު ދެ މީހަކު ވަނީ ޝަހީދުވެފައެވެ.
ފަލަސްތީނުގެ ސިވިލް ޑިފެންސުން ހާމަކުރި ގޮތުގައި މިދިޔަ ހަތް ދުވަހުގެ ތެރޭގައި 50 އުސް އިމާރާތް ހަލާކުކޮށްލުމުގެ އިތުރުން، ޒައިތޫމު ސަރަހައްދުގެ 1،500 ގެ ފުނޑާލައި، އެތައް ހާސް ބަޔަކު ވަނީ މަގުމަތިކޮށްލާފައެވެ.
އިސްރާއީލުން މިހާރު ޣައްޒާ ސިޓީގެ 40 އިންސައްތަ އެ ޤައުމުގެ އިސްތިއުމާރީ ބާރުގެ ދަށަށް ގެނެސްފައިވާއިރު، އެ ސަރަހައްދުގެ ދެކުނު ހުސްކޮށް، އެތަނުގައި ދިރިއުޅޭ ރައްޔިތުން މަޖުބޫރުން ޣައްޒާގެ މެދުތެރެއަށް ފައްސާލުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ.
ޣައްޒާގެ ޞިއްޙަތާބެހޭ ވުޒާރާއިން ހާމަކޮށްފައިވާ ގޮތުގައި، އިސްރާއީލުން ޣައްޒާއަށް ދޭ ހަމަލާތަކުގައި ޝަހީދުވާ މީހުންގެ 30 އިންސައްތައަކީ ކުޑަކުދިންނެވެ. އަދި 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ދުވާލެއްގެ މައްޗަށް އެވްރެޖްކޮށް 28 ކުޑަކުދިން ދަނީ ޝަހީދުވަމުންނެވެ. ޔުނިސެފުން މިހާރުގެ ޣައްޒާގެ ހާލަތު ސިފަކުރަނީ ”ހީވެސް ނުކުރާފަދަ ނުރައްކާތެރި ހާލަތެއް“ގެ ގޮތުގައެވެ.
އޮކްޓޫބަރު 2023 ގައި ހަމަލާތައް ފެށުނީއްސުރެ މިހާތަނަށް 66،288 ފަލަސްތީނު ރައްޔިތުން ޝަހީދުވެފައިވާއިރު، 169،165 މީހުން ވަނީ ޣައްޒާގެ އެކި ކަންކޮޅުތަކުގައި ޒަޚަމްވެފައެވެ.



