އިނގިރޭސި ޕްރެމިއާ ލީގުގައި މިރޭ އަމިއްލަ ދަނޑުގައި 2-0 ގެ ނަތީޖާއަކުން ސަންޑަލޭންޑް ބަލިކޮށް މެންޗެސްޓާ ޔުނައިޓެޑް ލީގު ތާވަލުގެ އަށްވަނައަށް ކުރިއަށް ޖެހިލައިފިއެވެ.
މެޗުގެ ފުރަތަމަ ހާފުގައި ޔުނައިޓެޑުން މޮޅަށް ކުޅެ، މެޗުގެ އަށްވަނަ މިނެޓުގައި މޭސަން މައުންޓް ޖެހި ލަމޑާއިއެކު ލީޑު ހޯދިއެވެ. އަދި 31 ވަނަ މިނެޓުގައި ބެންޖަމިން ޝެސްކޯ ޖެހި ލަނޑާއެކު ފުރަތަމަ ހާފު ނިމުނުއިރު ޔުނައިޓެޑް އޮތީ 2-0 އިން ކުރީގައެވެ.
ދެވަނަ ހާފުގައި ދެ ޓީމުން ވެސް ދެއްކީ ދާދި ހަމަހަމަ ކުޅުމެކެވެ. މި ހާފުގައި ދެ ޓީމަށް ވެސް ލަނޑު ޖަހާނެ ރަނގަޅު ފުރުސަތުތަކެއް ލިބުނު ނަމަވެސް، އިތުރު ލަނޑެއް ނުޖެހި މެޗު ނިމުނީ 2-0 އިން ޔުނައިޓެޑް މޮޅުވެގެންނެވެ.
މިއަދުގެ މެޗާ ހަމައަށް ލީގުގައި ކުޅުނު ހަތް މެޗުން މެންޗެސްޓާ ޔުނައިޓެޑަށް ވަނީ 10 ޕޮއިންޓް ހޯދާފައެވެ. އަދި އެ ޓީމު މިހާރު އޮތީ ލީގު ތާވަލުގެ އަށްވަނައިގައެވެ.
މި މެޗުން ބަލިވި ސަންޑަލޭންޑަށް އަށް މެޗުން 11 ޕޮއިންޓް ލިބި، އެ ޓީމު މިވަގުތު އޮތީ ތާވަލުގެ ހަވަނައިގައެވެ.




