މާލެ އަސުރުމާ ގޯޅީގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީ އެއް ހިންގައިފިއެވެ.
ފުލުހުންގެ މީޑިއާ ތަކަށް ފޮނުވި މެސެޖެއްގައި ބުނީ، މާލެ އަސުރުމާ ގޯޅީގައި ދެ ބިދޭސީންގެ މެދުގައި މާރާމާރީއެއް ހިންގައިފައިވާކަމުގެ މައުލޫމާތު މިރޭ 19:11 ހާއިރު ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.
މި މަރާމާރީގައި އެތަނުން އެއް ބިދޭސީއެއްގެ ބޯފަޅައިން ގޮސް އަނިޔާވެފައިވާ ކަމަށާއި، އެމީހާއަށް މިހާރު ހޮސްޕިޓަލްގައި ފަރުވާ ދެމުން އަންނަ ކަމަށް ފުލުހުން ބުންޏެވެ.
ފުލުހުން ބުނިގޮތުގައި މި ދެމީހުންވެސް މިހާރު ވަނީ ފުލުހުންގެ ބެލުމުގެ ދަށުގައެވެ.
އެ މައްސަލަ މިހާރު ތަހުގީގު ކުރަމުން އަންނަ ކަމަށް ވެސް ފުލުހުން ބުނެއެވެ.



