ފުވައްމުލަކު އެއާޕޯޓުގެ ފެންސު މަތިން އަރަން އުޅުނު ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން ބުނީ ފުވައްމުލަކު އެއާޕޯޓުގެ ފެންސް މަތިން އަރަން އުޅުނު ބަޔަކު ހުއްޓުވި އެއާޕޯޓުގެ ސެކިއުރިޓީ މުވައްޒަފަށް ހަމަލާދީ މާރާމާރީ ހިންގި މައްސަލައެއް މިދިޔަ މަހުގެ 28 ވަނަ ދުވަހުގެރޭ ފަތިހު 4:05 ހާއިރު ރިޕޯޓުކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތުހުމަތުގައި ތިން މީހަކު ހައްޔަރުކޮށްފައިވާ ކަމަށާއި، އެމީހުންގެ ބަންދާއި މެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 15 ދުވަހަށް ބަންދުކުރަން އަމުރުކޮށްފައިވާ ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.




