ކޮންމެ އަހަރަކު އޮންނަ ”އިންޑިއާ – މޯލްޑިވްސް ޑިފެންސް ކޫޕަރޭޝަން ޑައިލޮގް“ގެ ވަފުދާ ޑިފެންސް މިނިސްޓަރު މުޙައްމަދު ޣައްސާން މައުމޫން މިއަދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުވުން އޮތީ ބަންޑާރަކޮށީގައެވެ.
މިބައްދަލުވުމުގައި، ރާއްޖެއާއި އިންޑިއާއާ ދެމެދު ޤައިމްކޮށްފައިވާ ދިފާޢީ ދާއިރާއިން އެއްބާރުލުން އިތުރުކުރުމާ ގުޅޭގޮތުން މަޝްވަރާކޮށްފައިވާ ކަމަށެވެ.
އިންޑިއާގެ ވަފުދުގެ އިސްވެރިއެއްގެ ގޮތުގައި ބައިވެރިވެވަޑައިގެންނެވި އިންޑިއާގެ ޑިފެންސް ސެކްރެޓަރީ ޝްރީ ރާޖޭޝް ކުމާރު ސިން އާއެކު، އިންޑިއާ ސަރުކާރުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުވެސް ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.
މީގެއިތުރުން މި ބައްދަލުވުމުގައި އިންޑިއާގެ އަސްކަރިއްޔާގެ އިސް އޮފިޝަލުންނާއި، އިންޑިއާގެ އެކްސްޓަރނަލް އެފެއާޒް މިނިސްޓްރީގެ އިސް ބޭފުޅުންވެސް ބައިވެރިވެވަޑައިގެންނެވިއެވެ.




