ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ތަޢާރަފްކޮށްފިއެވެ.
ރާއްޖޭގެ ހުރިހާ އަތޮޅެއްގައި އައިޑީ ކާޑާއި ޕާސްޕޯޓް ހެއްދުމުގެ ހިދުމަތް ތައާރަފް ކުރުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ވައުދެއް ކަމަށްވާއިރު، މި ވައުދު ފުއްދާފައިވަނީ އދ. މަހިބަދޫގައި ޕާސްޕޯޓުގެ ޚިދުމަތް ފެށުމާއެކުއެވެ.
މި ހިދުމަތް ރަސްމީކޮށް ފެށުމުގެ ގޮތުން އދ. މަހިބަދޫގައި ބޭއްވި ޚާއްސަ ޖަލްސާގައި، މި ވަޢުދު ފުއްދުނުކަން ފާހަގަކުރުމުގެ ގޮތުން ހޯމް މިނިސްޓަރު އަލީ އިހުސާން ވަނީ ރައީސް ޑރ. މުހައްމަދު މުއިއްޒަށް ހަނދާނީ ފިލައެއް އަރުވާފައެވެ.
މި މަޝްރޫޢު ސަރުކާރުން ފަށާފައިވަނީ 2023 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގައެވެ. މި މަޝްރޫޢުގެ ދަށުން، ރާއްޖޭގެ ހުރިހާ އަތޮޅެއްގައި ދިރިއުޅޭ ރައްޔިތުންނަށް މާލެއަށް ދަތުރުކުރުމަކާ ނުލައި އައިޑީ ކާޑާއި ޕާސްޕޯޓު ހެދުމުގެ ހިދުމަތް ލިބިގެންދާނެއެވެ.
މީގެ އިތުރުން، ކައުންސިލްތަކާ ގުޅިގެން އައިޑީ ކާޑުގެ ހިދުމަތްތައް ހަރުދަނާކުރުމުގެ ގޮތުން ”ނާރެސް”ނަމަކަށް ކިޔާ ޚާއްސަ ޕޯޓަލެއް 2023 ވަނަ އަހަރުގެ ޖުލައި މަހު ވަނީ ތަޢާރަފްކޮށްފައެވެ.
މި ޕޯޓަލް މެދުވެރިކޮށް ކައުންސިލްތަކަށް އައިޑީ ކާޑުގެ ސްޓޭޓަސް ބެލުމާއި، މާލޭގައި ލިބޭ ފެންވަރުގައި އައިޑީ ކާޑު ދޫކުރުމާއި އެޕްލިކޭޝަންތައް ބަލައިގަތުމުގެ ހިދުމަތް ލިބިގެންދާނެއެވެ.



