މާލެގައި އާންމު ދަތުރުފަތުރަށް ދަތިވާގޮތަށް، ޕާކްކޮށްފައި ހުރި އުޅަނދުތައް ފުލުހުން ޓޯ ކުރަން ފަށައިފިއެވެ.
ފުލުހުން ބުނީ، މާލެސިޓީގެ މަގުތަކުގައި އާންމު ދަތުރުފަތުރަށާއި ހިނގާބިނގާވެ އުޅުމަށް ދަތިވާގޮތަށް، ޕާކްކޮށްފައި ހުރި އުޅަނދުތައް ޓޯކުރުމުގެ މަސައްކަތް ފުލުހުން މިއަދު ކުރަމުންދާނެ ކަމަށެވެ.
އަދި ފުލުހުންވަނީ އުޅަނދުތައް ޕާކްކުރާއިރު ކަފިހިހުރަސްތަކާއި ލައިން ދަމާފައިވާ ސަރަހައްދުތަކާއި ގޯޅިކަންމަތީގައި ޕާކްކުރުމުގެ ބަދަލުގައި ޕާކްކުރުމަށްޓަކައި ކަނޑައެޅިފައިވާ ޕާކިންގ ޒޯންތަކުގައި ޕާކްކުރުމަށް ހާއްސަ ސަމާލުކަމެއް ދިނިމަށް ރައްޔިތުންނަށް އިލްތިމާސްކޮށްފައެވެ.

މާލޭގެ މަގުތަކުގައި ދަތުރުކުރުމަށާއި ހިނގާބިގާވެ އުޅޭ މީހުންނަށް ފަސޭހަވާނެ ގޮތަށް މަގުތައް ތަރުތީބު ކުރުމުގެ މަސައްކަތް ފުލުހުން ވަނީ މި ފަހުން ކުރަން ފަށައިފައެވެ.
އަދި ހުޅުމާލޭގަވެސް ގަވާއިދާ ހިލާފަށް ޕާކްކުރާ އުޅަނދުތައް ނެގުމުގެ މަސައްކަތް މި އަހަރުގެ ޖޫން މަހުން ފެށިގެން ފުލުުހުން އަންނަނީ ކުރަމުންނެވެ.



