ވައި ގަދަވެ ކަނޑުތައް ގަދަވާނެކަމަށް ލަފާކޮށް މޫސުމާއި ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފިއެވެ.
މެޓުން މުޅި ރާއްޖެއަށް ހުދު ސަމާލު ނެރެފައިވަނީ މިއަދު ހެނދުނު 9:30 މެންދުރުފަހު 15:30 ހަމައަށެވެ. އެގޮތުން އެ ވަގުތާ ހަމައަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އަންނަ ހަފްތާގައިވެސް ހަމަ މިފަދައިން ވިއްސާރަވެ، ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ. އެގޮތުން އަންނަ ހަފްތާ ފެށޭއިރު ބައެއް ހިސާބުތަކަށް ވާރޭވެހުން މަދުވާނެ ނަމަވެސް ވިލާގަނޑު މުޅިން ސާފު ނުވާނެ ކަމަށް މެޓުން ބުންޏެވެ.
ރާއްޖެއަށް މި ދުވަސްކޮޅު މިކުރަނީ ހުޅަނގު މޫސުމުގެ ގަދަ ވިއްސާރައެވެ.



