ތިލަފުށީ ފަޅުތެރޭގައި އޮތް ސްޕީޑް ލޯންޗެއް ވަގަށްނެގި މައްސަލައެއްގައި ށ. ފޯކައިދޫއަށް ނިސްބަތްވާ ދެ ފިރިހެނަކު ފުލުހުން ހައްޔަރުކޮށްފިއެވެ.
މި މައްސަލައިގައި ހައްޔަރުކުރެވުނު ދެ މީހުންނަކީ އުމުރުން 27 އަހަރާއި 30 އަހަރުގެ ދެ ދިވެހި ފިރިހެނުންނެވެ. މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް އިއްޔެ ބޭއްވި ޝަރީއަތުގެ މަޖިލީހުގައި ކްރިމިނަލް ކޯޓުން ވަނީ 5 ދުވަހުގެ މުއްދަތަށް ބަންދުކުރުމަށް އަމުރުކޮށްފައެވެ.
ކްރިމިނަލް ކޯޓުން ނެރުނު އަމުރުގައި ބަޔާންކޮށްފައިވާ ގޮތުގައި، މި ދެ މީހުން ތިލަފުށީ ފަޅުތެރޭގައި އޮތް ސްޕީޑް ލޯންޗެއް ވަގަށްނަގައި، އެ ލޯންޗަށް ގެއްލުންދިނުމުގެ އިތުރުން އިންޖީނު ގިއަރެއް ވަގަށް ނެގިކަމުގެ ތުހުމަތު ކުރެވެއެވެ.
ކޯޓުގައި ބޭއްވުނު ބަންދު މަޖިލީހުގައި މި ދެ މީހުން ވަނީ ތުހުމަތުކުރެވޭ ކުށަށް އިއުތިރާފުވެ، އެ ޢަމަލު ހިންގިކަމަށްޓަކައި ހިތާމަކުރާ ކަމަށް ބުނެފައެވެ.




