މޫސުން ގޯސްވާނެ ކަމަށް ލަފާކޮށް ރާއްޖޭގެ އުތުރުގެ އަތޮޅުތަކަށް ގައުމީނމޫސުމާ ބެހޭ އިދާރާ (މެޓް) އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން އެ އަތޮޅުތަކަށް ރީނދޫ ސަމާލު ނެރިފައިވަނީ މެންދުރު 14:00 އިން ހަވީރު 18:00 އަށެވެ.
މެޓުން ބުނީ، އެގަޑިތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
އޭގެއިތުރުން މެޓުން ވަނީ ކ. އަތޮޅުން ފެށިގެން ލ. އަތޮޅަށް މިރޭ 8:30 އާއި ހަމައަށް ހުދު ސަމާލު ނެރިފައެވެ.
މެޓުން ބުނީ، އެގަޑިތަކުގައި އެ އަތޮޅުތަކަށް ގަޑިއަކު 19 މޭލާއި 24 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 45 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށްފައިވެއެވެ.
މިހާރު ރާއްޖެއަށް ކުރަމުން އަންނަ މޫސުމީ ވިއްސާރައިގައި އަންނަ ހަފްތާއާ ހަމައަށް ރާއްޖޭގެ އެކި ސަރަހައްދުތަކަށް މޫސުން ގޯސްވެ ކެރީގެ އަސަރު ކުރާނެ ކަމަށާއި އަދި ބޯކޮށް ވާރޭވެހި ގުގުރުން ވެސް އެކަށީގެންވާ ކަމަށް މެޓުން ބުނެފައިވެއެވެ.




