ހުޅުމާލޭގައި ހުންނަ ހިޔާ ފްލެޓުގެ އެޕާޓްމަންޓެއްގައި މިއަދު ރޯވީ ބެލްކަނީގައި ހުރި އެކްޒޯސްޓަކުން ކަރަންޓް ޝޯޓްވެގެން ކަމަށް އެމްއެންޑީއެފުން ބުނެފިއެވެ.
އެމްއެންޑީއެފުން ބުނީ ހިޔާ ފްލެޓްގެ 11 ވަނަ ޓަވަރުގެ ތިންވަނަ ފުލޯގައި ހުންނަ އެޕާޓްމަންޓެއްގައި ރޯވިކަމުގެ ރިޕޯޓް ލިބުނީ މިއަދު ހެނދުނު 11:30 ވަނިކޮށް ކަމަށެވެ.
އެ ރިޕޯޓް ލިބުމާ އެކު، ފަޔާ އެންޑް ރެސްކިޔު ސާވިސްގެ ފަޔާފައިޓަރުން އެ ސަރަހައްދަށް ގޮސް، ރޯވި އަލިފާންގަނޑު ނިއްވާލާފައިވާ ކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
އެ ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ނުވެއެވެ.


