އެމްއޭސީއެލްގެ ބޯޑަށް، އެ ކުންފުނީގެ ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު މިއަދު އައްޔަންކުރައްވައިފިއެވެ.
ޕްރައިވަޓައިޒޭޝަން ބޯޑުން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނީ އެމްއޭސީއެލްގެ ބޯޑުގެ މެމްބަރުގެ މަގާމަށް ގއ. ދާންދޫ، މުޝްތަރީގޭ، މުޖުތަބާ އައްޔަންކޮށްފައިވާ ކަމަށެވެ.
އެމްއޭސީއެލްގެ ބޯޑަށް މުޖުތަބާ އައްޔަންކޮށްފައިވާއިރު، އެ ބޯޑުގައި ހުންނެވި މުހައްމަދު ރިޔާޒު (ލެޓްސް ގޯ ރިޔާޒު) ވަކިކޮށް، ބޯޑުގެ މެންބަރުންގެ އަދަދު މިހާރު ވަނީ 7 އިން 9 އަށް އިތުރުކޮށްފައެވެ.
މިހާރު އެމްއޭސީއެލްގެ ބޯޑުގައި ތިއްބެވި މެންބަރުންގެ ތެރޭގައި ޗެއަރޕާސަން އައިޝާ ނޫރްއައިން ޖަނާހްއާއި އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފް މުހައްމަދު ގެ އިތުރުން ސަހާ ވަހީދު، އިބްރާހިމް ސިޔާދު ގާސިމް، މުހައްމަދު މިހާދު އަދި އިބްރާހިމް މަހުދީ ހިމެނިވަޑައިގަންނަވައެވެ.
އެމްއޭސީއެލްގެ ބޯޑަށް ބަދަލުތަކެއް ގެނައި އިރު، މި ސަރުކާރުގެ ގިނަ ޕްރޮޖެކްޓުތަކެއް މި ފަހުން ވަނީ އެމްއޭސީއެލްއާ ހަވާލުކޮށްފައެވެ.



