އައްޑޫ ސިޓީ ހިތަދޫގެ ގެއެއްގެ ތެރޭގައި ދެމީހަކު ނިޔާވެފައި ތިއްބާ ފެނިއްޖެއެވެ.
ފުލުހުން މީޑިއާއަށް ފޮނުވި މެސެޖެއްގައި، ބުނީ ހިތަދޫގެ ގެއެއްގައި ދެ މީހަކު މަރުވެފައި އޮތް މައްސަލައެއް ހުށަހެޅުމާ ގުޅިގެން ފުލުހުން ހަރަކާތްތެރިވަމުންދާ ކަމަށެވެ.
މިކަމާ ގުޅޭ އިތުރު ތަފްސީލެއް ފުލުހުން އަދި ދީފައެއް ނުވެ އެވެ.
މައުލޫމާތު ލިބިފައިވާ ގޮތުގައި ނިޔާވެފައި ތިއްބާ ފެނުނީ ދެމަފިރިންނެވެ. ދެމަފިރިން މަރުވެފައި ތިއްބާ ފެނިފައިވަނީ އެމީހުން ދިރިއުޅޭ ގޭގެ ކޮޓަރި ތެރެއިންނެވެ.
އެ ދެމަފިރިންގެ ހަށިގަނޑު މިހާރު ވަނީ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް މައުލޫމާތު ލިބެއެވެ.




