ވަޔާއި ކަނޑުތައް ގަދަވާނެ ކަމަށް ލަފާކޮށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން އަނެއްކާވެސް ރީނދޫ ސަމާލު ނެރެފިއެވެ.
މެޓް އޮފީހުން ރީނދޫ ސަމާލު ނެރެފައިވަނީ ޅ. އަތޮޅުން ފެށިގެން މ. އަތޮޅަށް މިރޭ 21:45 އިން ފެށިގެން 01:45 އަށެވެ.
މެޓުން ބުނީ، މާލެ ވެސް ހިމެނޭ މި ސަރަހައްދަށް މި ވަގުތުގައި ގަޑިއަކު 25 މޭލާއި 30 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެ ކަމަށް ލަފާކުރެވޭ ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު 50 މޭލަށް ވައިގަދަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ލަފާކޮށްފައިވެއެވެ.
މެޓް އޮފީހުން ކުރިއަށް އޮތް 24 ގަޑިއިރުގެ މޫސުން ލަފާކުރާ ގޮތުގައި ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ގުގުރައި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވެހި ކަނޑުތައް ގަދަވުން އެކަށީގެންވެއެވެ.
އެހެންކަމުން ހުރިހައި ފަރާތްތަކުންވެސް މޫސުމަށް ސަމާލުވުމަށް އެ އޮފީހުން ވަނީ އިލްތިމާސްކޮށްފައެވެ.




