ވެލާނާ އިންޓަރނޭޝަނަލް އެއާލައިނުގެ އައު ޓާމިނަލް، ޓާމިނަލް 1 އިން އަޒަރުބައިޒާންގެ ޤައުމީ އެއާލައިންއަށް ހިދުމަތްދޭން ފަށައިފިއެވެ.
އެމްއޭސީއެލުން ވަނީ މިކަމަށްޓަކައި ވީއައިއޭގައި ހާއްސަ ރަސްމިއްޔާތެއް ބާއްވާފައެވެ.
މި ރަސްމިއްޔާތުގައި އަޒަރްބައިޖާން އެއާލައިންސްގެ ޗެކިން ކައުންޓަރުތައްރަސްމީކޮށް ހުޅުވައި, އެ ފްލައިޓުން ދަތުރުކުރި 55 ފަސިންޖަރުންނަށް ވަނީ ހަދިޔާ ދީފައެވެ.
އަދި ޓާމިނަލް 1 އަށް ކައިރި ކުރި އެ އެއާލައިންގެ ފުރަތަމަ ފްލައިޓް, J2301އިން ރާއްޖެ އައި 156 ފަސިންޖަރުންނަށް ވަނީ ސަގާފީ ހަރަކާތްތަކާއެކު ހޫނުމަރުހަބާއެއް ކިޔައިފައެވެ.
އަޒަރްބައިޖާން އެއާލައިންސް އިން ރާއްޖެއަށް ދަތުރުތައް ފެށީ 9 ނޮވެންބަރު 2024ގައެވެ.
މި ރަސްމިއްޔާތުގައި އަވިއާ މޯލްޑިވްސްގެ ޑިރެކްޓަރު އަހުމަދު އަރުޝަދު އަދި އެމްއޭސީއެލްގެ އިސްވެރިންނާއި އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ.
އެމްއޭސީއެލުން ބުނީ އަޒަރުބައިޖާން އެއާލައިނަކީ ވީއައިއޭގެ އައުޓާމިނަލް ބޭނުންކުރަންފެށި 16 ވަނަ އެއާލައިންކަމަށެވެ.
މިފަހުން އައު ޓާމިނަލް ބޭނުންކުރަން ފެށި އެއާލައިންތަކުގެ ތެރޭގައި ވާޖިން އެޓްލާންޓިކް، ބްރިޓީޝް އެއާވޭސް، ޗޮންޗިން އެއާލައިން ފާހަގަކޮށްލެވެއެވެ.
އެމްއޭސީއެލުން ބުނިގޮތުގައި އެކުންފުނީގެ އަމާޒަކީ ރާއްޖެއަށް ދަތުރުކުރާ ހުރިހާ އެއާލައިނަކަށްވެސް އެންމެ ފުރިހަމަ އަދި އެންމެ މަތީ ފަންތީގެ ހިދުމަތެއް ފޯރުކޮށްދިނުމެވެ.



