ސްޓޭޓް އިލެކްޓްރިކް ކޮމްޕެނީ (ސްޓެލްކޯ) އިން ކ. ތުލުސްދޫގައި ޤާއިމްކުރާ އައު އިންޖީނުގޭގެ ބިންގާ އަޅައިފިއެވެ.
ތުލުސްދޫގެ އާ އިންޖީނުގޭގެ ބިންގާ އެޅުއްވީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ކ. އަތޮޅުގެ ރަށްތަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ތުލުސްދޫއަށް ކުރެއްވި ޒިޔާރަތުގައެވެ.
އިންޖީނުގޭގެ ބިންގާ އަޅުއްވައިދެއްވީ މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް އެންވަރަމަންޓް ޠާރިޤް އިބްރާހިމްއެވެ.
ސަންވިލް ޕްރައިވެޓް ލިމިޓެޑް އާއި ހަވާލުކޮށްގެން ކުރަމުންދާ މި މަޝްރޫއުގެ މަސައްކަތް ފެށުނީ މިއަހަރުގެ އޮކްޓޫބަރު މަހުގެ 6 ވަނަ ދުވަހުއެވެ. އަދި މި މަސައްކަތް ނިންމުމަށް ތާވަލުކުރެވިފައިވަނީ އަންނަ އަހަރުގެ މާރިޗު މަހުގެ 30 ވަނަ ދުވަހު ކަމަށް ސްޓެލްކޯއިން ބުނެއެވެ.
މި މަޝްރޫއުގެ ދަށުން އައު އިންޖީނުގޭގެ އިތުރުން ކަސްޓަމަރ ސަރވިސް ބިލްޑިންގއަކާއި އަދި އިންފާރެއް ވެސް ޤާއިމްކުރުމަށް ވަނީ ހަމަޖެހިފައެވެ.
މި މަޝްރޫއުގެ ޖުމްލަ އަގަކީ 11,954,501.00 ރުފިޔާއެވެ.



