މާލޭގެ އެމްޕީއެލް ބަނދަރާއި ދިމާ ބޭރުގައި އޮތް ލޭންޑިން ކްރާފްޓެއް ބަންޑުންޖަހާލި ހާދިސާގައި ހާލު ދެރަވެގެން ފަރުވާދެމުން ދިޔަ ބިދޭސީ މީހާ ނިޔާވެއްޖެއެވެ.
މައުލޫމާތު ލިބޭގޮތުގައި އެމީހާއަކީ ބަންޑުންޖަހާލި ލޭންޑިން ކްރާފްޓްގެ ތެރޭގައި މީހަކު ހުރި ކަމުގެ މަޢުލޫމާތު ލިބިގެން އެމްއެންޑީއެފް ކޯސްޓްގާޑުގެ ޑައިވަރުން ޑައިވްކޮށްގެން ނެގި މީހާއެވެ.
އެމީހާ ނަގައިފައިވަނީ ރަސްފަންނާއި ދިމާ ބޭރުން ކަމަށް މައުލޫމާތު ލިބެއެވެ.
ފުލުހުން ކުރިން ބުނީ، ލޭންޑިން ކްރާފްޓްގައި ޖުމްލަ 14 މީހުން ތިބިއިރު، އެ ހުރިހާ މީހުންވެސް މިހާރުވަނީ ފެނިފައި ކަމަށެވެ. އަދި އެތަނުން 6 މީހަކަށް އައިޖީއެމްްޗްގައި ފަރުވާ ދެމުން އަންނަ ކަމަށާއި، ފަރުވާދެމުން ދަނީ ދެ ބިދޭސީންނާއި ހަތަރު ދިވެހިންނަށް ކަމަށް ފުލުހުން ބުންޏެވެ.
ލޭންޑިން ކްރާފްޓް ބަންޑުން ޖަހާލީ ސީދާ ކީއްވެގެން ކަމެއް އަދި ސާފެއް ނުވެއެވެ.



