މާލޭގެ ގެއެއްގައި އަލިފާން ރޯވެއްޖެއެވެ.
އަލިފާން ރޯވެފައިވަނީ ފާށިނާކިލެގެފާނު މަގު (ބާ އިންޖީންގެ މަގު) ގަލޮޅު ކަންމައްޗަށްވާ ސަރަހައްދުގައި ހުރި ގޯޅިއެއްގެ ތެރޭގައި ހުރި ގެޔެއްގައި ހުރި ކުނިތަކެއްގައެވެ.
އެމްއެންޑީއެފްއިން ބުނީ، ގަލޮޅު ކަންމަތި ސަރަޙައްދުގެ ގޯޅިގަނޑެއްގެ ތެރޭގައި ހުރި ކުނިތަކެއްގައި އަލިފާން ރޯވެގެން އެމްއެންޑީއެފް ފަޔަރ އެންޑް ރެސްކިޔު ސަރވިސްއިން ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ.
މި ހާދިސާގެ ރިޕޯޓް ލިބިފައިވަނީ މިރޭ 21:52 ހާއިރުކަމަށް އެމްއެންޑީއެފްއިން ބުންޏެވެ.
މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބުނުކަމުގެ މައުލޫމާތެއް އަދި ނުލިބެއެވެ.


