32 ރަށެއްގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމަށް ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އާއި ހަވާލުކޮށްފިއެވެ.
މި މަސައްކަތް ހަވާލުކުރުމުގެ ރަސްމިއްޔާތު ބާއްވާފައިވަނީ ސިޓީސް މިނިސްޓްރީގެ ރަށްވެހި މާލަމުގައެވެ.
މި އެއްބަސްވުމުގައި ސިޓީސް މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ ފައިނޭންޝަލް އެގްޒެކެޓިވް މުޙައްމަދު ސަރާޙް އެވެ. އަދި އެޗްޑީސީގެ ފަރާތުން ސޮއިކުރެއްވީ އެ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ބްރިގޭޑިއާ ޖެނެރަލް (ރޓޑ) ޢަލީ ޒުހައިރު އެވެ.
ކުޑަކުދިންގެ ޕާކު ގާއިމުކުރުމަށް އެޗްޑީސީއާ ހަވާލުކުރެވުނު ރަށްތައް:
- 1. ހއ. މޮޅަދޫ
- 2. ހއ. ފިއްލަދޫ
- 3. ރ. ހުޅުދުއްފާރު
- 4. ރ. މާކުރަތު
- 5. ރ. ކިނޮޅަސް
- 6. ރ. އިންނަމާދޫ
- 7. ރ. އިނގުރައިދޫ
- 8. ރ. ފައިނު
- 9. ހދ. ހަނިމާދޫ
- 10. ވ. ފުލިދޫ
- 11. ވ. ކެޔޮދޫ
- 12. ދ. މީދޫ
- 13. ތ. ވޭމަންޑޫ
- 14. ތ. ތިމަރަފުށި
- 15. ތ. ގުރައިދޫ
- 16. ލ. މާބައިދޫ
- 17. ލ. ދަނބިދޫ
- 18. ލ. މުންޑޫ
- 19. ގއ. ވިލިނގިލި
- 20. ގއ. ކަނޑުހުޅުދޫ
- 21. ގދ. ގައްދޫ
- 22. ސ. ހުޅުދޫ
- 23. ސ. ހިތަދޫ 1
- 24. ސ. ހިތަދޫ 2
- 25. ސ. މަރަދޫ ފޭދޫ
- 26. ސ. ފޭދޫ
- 27. ނ. ޅޮހި
- 28. ހދ. ނޮޅިވަރަމް
- 29. ށ. ކަނޑިތީމު
- 30. ށ. މިލަންދޫ
- 31. ބ. ފެހެންދޫ
- 32. ބ. ކުޑަރިކިލު
މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ސިޓީސް މިނިސްޓަރު އާދަމް ޝަރީފް ޢުމަރު ވިދާޅުވީ، ކުދިން ހެދިބޮޑުވުމަށާއި މުނިފޫހިފިލުވުމުގެ ގޮތުން ކޮންމެ ރަށެއްގައިވެސް ކުޑަކުދިންގެ ޕާކެއް ތަރައްޤީކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ކަމަށެވެ. އަދި 2026 ވަނަ އަހަރުގެ ނިޔަލަށް މި މަސައްކަތް ނިންމުމަށް ރައީސް ވަނީ އިރުޝާދު ދެއްވާފައިކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
މިނިސްޓަރު އިތުރަށް ވިދާޅުވީ، ފާއިތުވި ދެ އަހަރުގެ ތެރޭގައި ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގެ ދަށުން ޖުމްލަ 57 ރަށެއްގައި މުޅިން އައު ކުޑަކުދިންގެ ޕާކު ތަރައްޤީކުރެވޭނެ ކަމަށެވެ. އަދި 73 ރަށަކަށް ޕާކު މަރާމާތުކުރުމަށް ބޭނުންވާ ތަކެތި ހޯދާދެވި، ޖުމްލަ 115 ރަށުގެ ކުޑަކުދިންގެ ޕާކު ޚިދުމަތް ދެވޭނެ ކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.
ކުޑަކުދިންގެ ޕާކު ތަރައްޤީކުރުމުގެ މަޝްރޫޢުގައި 57 ރަށެއް ހިމެނޭ އިރު، 52 ރަށުގެ މަސައްކަތް މިހާރުވެސް ކުރިއަށް އެބަދެއެވެ. ފުރަތަމަ ބެޗުގައި ހިމެނެނީ 12 ރަށެވެ. އޭގެ ތެރެއިން ފެނަކަ ކޯޕަރޭޝަން ލިމިޓެޑާއި ހަވާލުކޮށްގެން ކުރިއަށް ގެންދަނީ 6 ރަށެއްގައި ޕާކު ހެދުމުގެ މަސައްކަތެވެ.
އަދި 4 ރަށެއްގެ ޕާކުގެ މަސައްކަތް ހަވާލުކޮށްފައިވަނީ އެމްޓީސީސީ އާއެވެ. ދެ ޕާކެއްގެ މަސައްކަތް ހަވާލުކޮށްފައިވަނީ އާރްޑީސީ އާއެވެ.
މީގެ އިތުރުން އެޗްޑީސީއާއެކު ވެވުނު އެއްބަސްވުމަކީ ޢަމަލީ މަސައްކަތް ކުރިއަށް ގެންދަން ޖެހޭ 32 ރަށެއްގެ މަސައްކަތުގެ އެއްބަސްވުމެކެވެ. އަދި ބާކީ އޮތް 7 ރަށަކީ ހަމައެކަނި ޕާކް ސެޓް ބޭނުންވާ ރަށްރަށެވެ.
މިހާތަނަށް މަސައްކަތް ނުފެށި 05 ރަށެއް އޮތްއިރު ޖުމްލަ 129 ރަށަކަށް ބޭނުންވާ ޕާކް ސެޓުތައް ގެނައުމަށް އެސް.ޓީ.އޯއާ ވަނީ ހަވާލުކުރެވިފައެވެ.



