ޖަޕާނަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެއެވެ.
ބިންހެލުންތައް މޮނީޓާ ކުރަމުން އަންނަ އިންޑިއާގެ ނޭޝަނަލް ސެންޓަރު ފޯ ސެއިސްމޮލޮޖީން (އެން.ސީ.އެސް) ބުނެފައިވާ ގޮތުގައި ޖަޕާނަށް މިއަދު އައިސްފައި ވަނީ 6.4 މެގްނެޓިއުޑްގެ ބާރުމިނުގެ ބިންހެލުމެކެވެ.
އެން.ސީ.އެސް އިން ހާމަކުރި ގޮތުގައި މި ބިންހެލުން އައިސްފައި ވަނީ މިއަދު އެ ގައުމުގެ ގަޑިން 11:23ގައެވެ. މި ބިންހެލުން އައި ސަރަހައްދުގެ މީހުންގެ ސަލާމަތަށްޓަކައި، ކަމާބެހޭ ފަރާތްތަކުން ވަނީ އެކި ފިޔަވަޅުތައް އަޅާފައެވެ.
ބިންހެލުމުގެ ސަބަބުން އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާ ކަމުގެ ރިޕޯޓެއް އަދި މިހާތަނަށް ލިބިފައެއް ނުވެއެވެ. އަދި ބޮޑެތި ގެއްލުންތަކެއް ވެސް ވެފައިވާ ކަމަށް ރިޕޯޓުކޮށްފައެއް ނުވެއެވެ.
ނަމަވެސް، ކުރިއަށް އޮތް ދުވަސްތަކުގައި ވެސް ބިންހެލުންތައް އައިސްދާނެ ކަމަށް ލަފާކުރެވޭތީ، އެ ސަރަހައްދުގައި ދިރިއުޅޭ މީހުންނަށް ވަނީ މޫދާއި ގޮނޑުދޮށް ކައިރިއަށް ނުދިއުމަށް އަންގާފައެވެ.




