ހުޅުމާލޭ ފޭސް ދޭއްގައި ދެ ސައިކަލު ޖެހިގެން ހިނގި ނުރައްކާތެރި އެކްސިޑެންޓެއްގައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، މި އެކްސިޑެންޓް ހިނގާފައި ވަނީ ހުޅުމާލެ ފޭސް ދޭއްގެ ނިކަގަސްމަގުގައި ދެ ސައިކަލު ޖެހިގެންނެވެ. އަދި މި އެކްސިޑެންޓްގައި ތިން މީހަކަށް އަނިޔާވިކަމަށް ފުލުހުން ބުނެފައިވެއެވެ.
ފުލުހުން ބުނީ، އޭގެ ތެރެއިން އެކަކު ނިޔާވެފައިވާ ކަމަށް ހޮސްޕިޓަލުން ފުލުހުންނަށް މައުލޫމާތު ދީފައިވާ ކަމަށެވެ.



