މާލެ މިސްކިތެއްގެ ކުޑަދޮރުތަކުގެ ބިއްލޫރިގަނޑު ތަޅާލި ޒުވާނާ ހައްޔަރު ކުރުމަށްފަހު ދޫކޮށްލާ އާއިލާއާއި ހަވާލުކޮށްފިއެވެ.
ފުލުހުން ބުނީ، މާލޭގެ މަސްޖިދު އަލް-ސުލްތާން ހަސަން އިއްޒުދީންގެ ބައެއް ކުޑަދޮރުތަކުގައި ބިއްލޫރިގަނޑު ތަޅާލައި ގެއްލުންދީފައިވާ މައްސަލަ މިއަދު ހެނދުނު 7:02 ހާއިރު ފުލުހުންނަށް ރިޕޯޓްކޮށްފައިވާ ކަމަށެވެ.
މި މައްސަލައިގެ ތަހުގީގަައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނައި 24 އަހަރުގެ ފިރިހެން މީހާ އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.
މިސްކިތަށް ގެއްލުންދިން މި މީހާ ވަނީ ޕޭމަންޓް ގާބުރިއެއް އެއްލައި މިސްކިތުގެ ކުޑަދޮރުގެ ބިއްލޫރިގަނޑު ތަޅާލާފައެވެ.
މި މައްސަލަ ފުލުހުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.



