މާލެއިން ފުރައިގެން ކ. ކާށިދޫ އަށް ދަތުރު ކުރި ބޯޓެއް ފަރަށް އަރައި މީހަކު ނިޔާވެއްޖެއެވެ.
ފުލުހުން ބުނީ، ބޯޓު ފަރަށް އަރައި އެމީހާ ކަނޑަށް ވެއްޓި ގެއްލިގެން ހޯދަމުން ދަނިކޮށް އެމީހާ ފެނިފައިވާ ކަމަށެވެ. އަދި އެމީހާ ފެނިގެން، ކާށިދޫ ސިއްހީ މަރުކަަޒަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ނިޔާވެފައި ވަނީ ބަންގްލަަދޭޝްއަށް ނިސްބަތްވާ 30އ.ގެ އެމްޑީ އަލަމްގިރިއެވެ.
ފުލުހުން ބުނިގޮތުގައި އެ ބޯޓު ފަރަށްް އަރައިގެން އުޅޭކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުނީ މިރޭ 19:52 ހާއިރު ކަމަށެވެ.
ފުލުހުން ބުނީ، އެ އުޅަނދުން 11 ފިރިހެނުން ދަތުރުކުރި ކަމަށެވެ. އެއީ ފަސް ދިވެހިންނާއި ހަ ބިދޭސީން ކަމަށާއި، އޭގެތެރެއިން 10 މީހުން ފުލުހުން ސަލާމަތް ކޮށްފައިވާ ކަމަށް ބުންޏެވެ.
އަދި މި ބޯޓު ފަރަށް އެރުމާއި ގުޅިގެން ދޯނީގައި ހުރި ގިނަ މުދާތައް އޮޔާދާތީ، އެ ސަރަަހައްދުން ދަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށް ފުލުހުން ވަނީ އެދިފައެވެ.




