މާލޭގައި މިރޭ ހަވާ އަރުވަން ހަމަޖެހިފައިވާ ކަމަށް މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް(އެމްްއެންޑީއެފް) އިން ބުނެފިއެވެ.
މިކަން ހާމަކޮށްފައި ވަނީ އެމްއެންޑީއެފް އިން އެކްސް ގައި ކުރި ޕޯސްޓެއްގައެވެ.
އެމްއެންޑީއެފުން ކުރި ޕޯސްޓުގައި ބުނީ، ލެމަންގްރާސް ސިޓްރޮން ދިމާ ބޭރުން މިރޭ 21:15ގައި ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށެވެ.
އެގޮތުން ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ކުރިއަށްގެންދާ މި ހަރަކާތް ކުރިއަށް ދާނީ 3 މިނެޓެއް ހާއިރު ކަމަށް އެމްއެންޑީއެފުން ބުންޏެވެ.
ސިފްކޯއިން ވަނީ މީގެ ކުރިން ވެސް ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ.
ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލޭގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް ވަނީ ހަވާ އަރުވާފައެވެ.




