ޓެކްނިކަލް މައްސަލައެއް ދިމާވެ، ހުޅުމާލެ ފޭސް 1ގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑިއްޖެއެވެ.
ސްޓެލްކޯ އިން މައުލޫމާތު ދިން ގޮތުގައި ކަރަންޓު ކެނޑިފައިވަނީ ޓެކްނިކަލް މައްސަލައެއް ދިމާވެގެންނެވެ. ދިމާވި މައްސަލަ ދެނެގަނެ ވީއެންމެ އަވަހަކަށް މައްސަލަ ހައްލު ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ސްޓްލްކޯއިން ބުނެފައިވެއެވެ.
ކަރަންޓު ކެނޑިފައިވަނީ ހުޅުމާލެ ފޭސް1 އިންޑަސްޓްރިއަލް ޒޯން، ޕްލެޓިނަމް ފްލެޓް އޭރިއާ، ހުރަވީ ސުކޫލު އޭރިއާ، ނިރޮޅުމަގު ރެޑްބުލް ޕާކް އޭރިއާ އިންނެވެ.
ކަރަންޓު ކެނޑުމުގެ ސަބަބުން ދިމާވާ އެންމެހާ ދަތިތަކަށް ސްޓެލްކޯ އިންވަނީ މާފަށް އެދިފައިއެވެ.




