މޫސުން ގޯސްވާނެކަމަށް ލަފާކޮށް ޅ.އަތޮޅުން ފެށިގެން އދ. އަތޮޅަށް މޫސުމާ ބެހޭ ގައުމީ އިދާރާ (މެޓް އޮފީސް)އިން ރީނދޫ ސަމާލު ނެރެފިއެވެ.
މެޓުން ޅ.އަތޮޅުން އދ. އަތޮޅަށް ރީނދޫ ސަމާލު ނެރެފައިވަނީ މެންދުރުފަހު 14:30 ހުން ފެށިގެން އިރުއޮއްސި 18:30 ގެ ނިޔަލަށެވެ.
މެޓުން ބުނީ ރީނދޫ ސަމާލު ނެރެފައިވާ ސަރަހައްދަށް އެވަގުތުތަކުގައި ބޯކޮށް ވާރޭވެހި، ގުގުރުމާއިއެކު، 40 މޭލަށް ވައިގަދަވާނޭކަމަށެވެ. އަދި ކަނޑުތައް ވަރަށް ގަދަވާނެކަމަށްވެސް ވަނީ ލަފާކޮށްފައެވެ.
ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރުގަދަވުމާއި ގުޅިގެން ކުރިއަށް އޮތް 3 ދުވަހު ވިއްސާރަވެ ކަނޑުތައް ގަދަވާނެ ކަމަށް މެޓުން ވަނީ ކުރިން ލަފާކޮށްފައެވެ.
އެ އިދާރާއިން ނެރުނު އެލާޓުގައި ބުނީ ރާއްޖެ ސަރަހައްދަށް ހުޅަނގު މޫސުމުގެ ބާރު ގަދަވުމާއި ގުޅިގެން 24 ނޮވެންބަރުގެ މެންދުރު ފަހުން ފެށިގެން ކުރިއަށް އޮތް 3 ދުވަހު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަވެ ވައި ގަދަވެ ކަނޑުތައް ގަދަވާނެ ކަމަށެވެ.
މި ތިން ދުވަހު އެކި ހިސާބުތަކަށް ވިއްސާރަ ކުރުމާއެކު ގުގުރާ، ބޯކޮށް ވާރޭ ވެހުން އެކަށީގެންވާކަމަށް މެޓުން ބުނެފައިވެއެވެ. އަދި ވައި ބާރުވެ ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ބުނެފައިވެއެވެ. މީގެ އިތުރުން މި ތިން ދުވަހު ކަނޑުތައް ގަދަވެފައި ވިލާގަނޑުގައި އިތުރަށް ގަދަވާނެ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ.
އެހެންކަމުން އެންމެހާ ފަރާތްތަކުން ހާއްސަކޮށް ދަތުރުވެރިން މިކަމަށް ސަމާލުވުމަށް މެޓުން ވަނީ އިލްތިމާސްކޮށްފައެވެ.




