ކުރުނބާ ރިސޯޓާ ދިމާ ބޭރުން މިރޭ ހަވާ އެރުވުމަށް ހަމަޖެހިފައިވާ ކަމަށް އެމްއެންޑީއެފުން ބުނެފި އެވެ.
އެމްއެންޑީއެފުން ބުނީ އެ ސަރަހައްދުގައި ހަވާ އަރުވާނީ މިރޭ 20:20 ގައި ކަމަށެވެ. އަދި ހަވާ އަރުވަނީ ހަތަރު މިނިޓަށް ކަމަށް ވެސް ބުނެފައިވެއެވެ.
އެމްއެންޑީއެފުން ބުނީ މިރޭ ހަވާ އަރުވަނީ ވިޔަފާރި އުސޫލުން ޕްރައިވެޓް އިވެންޓަކަށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ)އިންނެވެ.
ސިފްކޯއިން ވަނީ މީގެ ކުރިން ވެސް ވިޔަފާރި އުސޫލުން އަމިއްލަ ފަރާތްތަކަށް، ހަވާ އަރުވައިދީފައެވެ. ކައިވެނި ހަފްލާތަކާ ގުޅިގެން ވެސް މީގެ ކުރިން ވަނީ މާލޭގައި ހަވާ އަރުވާފައެވެ. އަދި އެކި ރަސްމިއްޔާތުތަކާއި އާ އަހަރު ފާހަގަ ކުރުމުގެ ގޮތުން ވެސް ވަނީ ހަވާ އަރުވާފައެވެ.
މިމަހުގެ ކުރީ ކޮޅު ހަނިމާދޫ އިންޓަނޭޝަނަލް އެއާޕޯޓު ރަސްމީކޮށް ހުޅުވުމަށް ހަވާ އަރުވާފައިވެއެވެ. އަދި މި މަހުގެ 21 ވަނަ ދުވަހު ވެސް މާލޭ ލެމަން ގްރާސް ސިޓްރޮން އާ ދިމާ ބޭރުން ހަވާ އަރުވާ ފައިވެއެވެ.



