ތިނަދޫ ސިޓީގައި ފައިސާއަށް ހަށިވިއްކުމުގެ ޢަމަލު ހިންގަމުން ދަނިކޮށް ކުށުގެ ވެށިން ބަޔަކު ހައްޔަރުކޮށްފިއެވެ.
ފުލުހުން މިރޭ ބުނީ، ތިނަދޫގައި ފައިސާއަށް ހަށިވިއްކަމުން ދާ ކަމުގެ މައުލޫމާތަކާއި ގުޅިގެން 2025 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ 28 ވަނަ ދުވަހުގެ ރޭ 23:30 ހާއިރު ހިންގި އޮޕަރޭޝަނެއްގައި އެރަށުގެ ގެއެއް ބަލައި ފާސްކޮށް ދެމީހަކު ހައްޔަރުކުރި ކަމަށެވެ.
ހައްޔަރުކޮށްފައިވާ ދެ މީހުންގެ ތެރޭގައި ހިމެނެނީ 52 އަހަރުގެ ދިވެހި ފިރިހެނަކާއި 39 އަހަރުގެ ތައިލެންޑް އަންހެނެކެވެ. މި ދެ މީހުން ހައްޔަރުކުރީވެސް ބަދުއަޚްލާޤީ ޢަމަލު ހިންގަމުން ދަނިކޮށް ކަމަށް ފުލުހުން ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ދިވެހި ފިރިހެން މީހާ ވަނީ ކަފާލާތުގެ ދަށުން ދޫކޮށްލާފައެވެ. ނަމަވެސް ތައިލެންޑް އަންހެން މީހާއަށް ކޯޓުން ވަނީ 4 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައެވެ.
ފުލުހުން ގެންދަނީ މިމައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.




1 Comment
މިތަނުން ކާކުގެ ހަށިއެއް ވިއްކީ