ސްރީލަންކާއަށް ކުރިމަތިވެފައިވާ ކާރިސާގައި އެހީތެރިކަން ފޯރުކޮށްދިނުމަށް ކުރިއަށްގެންދާ ”ސިލޯނާއެކު ދިވެހީން“ ޓެލެތޯނަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަން، އެޗްޑީސީން އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ލަންކާއަށް އެހީވުމުގެ ގޮތުން ކުރިއަށްގެންދާ ޓެލެތޯނަށް އެޗްޑީސީގެ މުވައްޒަފުންގެ ފަރާތުން ހަދިޔާ ކުރީ 100،000 ރުފިޔާއެވެ.
ރާއްޖޭގެ 37 މީޑިއާއަކުން ބައިވެރިވެގެން ކުރިއަށްގެދާ މި ޓެލެތޯނަށް މިހާތަނަށް ދެ މިލިޔަނަށްވުރެ ގިނަ ރުފިޔާ އަދި 37،000އަށް ވުރެ ގިނަ ޑޮލަރު އެހީގެ ގޮތުގައި ވަނީ ލިބިފައެވެ.
މިރޭ މެންދަމު 1:00ޖެހުމާއި ހަމައަށް މި ޓެލެތޯން ކުރިއަށް ގެންދަން ހަމަޖެހިފައިވާއިރު، މި ޓެލެތޯނުގައި މާލެއާއި ހުޅުމާލެ އަދި ވިލިމާލޭގެ އެކި ސަރަޙައްދުތަކުގައި ފަންޑު ފޮށިތައް ބެހެއްޓުމުގެ އިތުރުން ފަންޑަށް އެހީވުމަށް ފަސޭހަ ގިނަ އިންތިޒާމްތަކެއްވަނީ ހަމަޖައްސާފައެވެ.
މިޓެލެތޯނުގައި ބައިވެރިވުމުގެ ފުރުސަތު ހުރިހާ ދިވެހި ރައްޔިތުންނަށާއި ޖަމްޢިއްޔާ، ޖަމާޢަތް، ކްލަބްތަކާއި އޮފީސްތައް ފަދަ ހުރިހާ ތަންތަނަށްވެސް ވަނީ ހުޅުވާލާފައެވެ.




